ސްރީލަންކާގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ސްރީލަންކާގެ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވަކިވަކިން ފޮނުއްވި މެސެޖުގައި، ސްރީލަންކާގެ 76 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސްރީލަންކާއަށް މި މުހިންމު ކާމިޔާބީއާ ހަމައަށް ވާޞިލުވެވަޑައިގަތުމުން އެކަމަށް ތަޢުރީފު ކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ތާރީޚާއި، ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި މެސެޖްތައް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ވާ ރަޙްމަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް