ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް 1,257 މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް ހުށަހަޅާފައިވާ 1,257 މީހުންގެ ތެރެއިން 1060 މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ހުށަހަޅާފައި ހުރި ހުށަހެޅުންތަކުގެ ތެރެއިން 197 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ.
ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވަނީ ފެބްރުވަރީ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރީ-ރެޖިސްޓަރ ކުރެވޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށެވެ.
ރަށްވެހިވެފައިވާ ތަން ނޫން އެހެންތަކަށް ރަޖިސްޓަރީ ވުމަށް އެދި ހުށައެޅޭނީ އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީގެ ކައުންސިލް އަދި އަވަށު އޮފީސްތަކުން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅުމުގެ ކުރިން މިހާރު ރަޖިސްޓްރީވެފައިވާ ތަން ޗެކްކުރުމަށް ހަބީބް ވަނީ އެދިލައްވާފައެވެ.
2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 20,848 މީހުން ވަނީ ރީ-ރަޖިސްޓަރ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް