ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ބޭއްވި ޕްރައިމަރީ އަބްދުﷲ ޖާބިރު އަދި އޭނާގެ ދަރިކަލުން އަހުމަދު މުއާޒް ޖާބިރު ކާމިޔާބުކުރައްވައިފިއެވެ.
ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވީ އޭނާ މިހާރުވެސް މަޖިލީހުގައި ތަމްސީލްކުރައްވަމުން އަންނަ ކާށިދޫ ދާއިރާއަށެވެ. އެ ދާއިރާގެ ޕްރައިމަރީގައި ޖާބިރު ކާމިޔާބު ހޯއްދެއްވީ 252 ވޯޓު ލިބިވަޑައިގެންނެވެ. ޖާބިރު އާ ދެން ވާދަކުރެއްވި އަބްދުﷲ ރިފްއަތު އަށް ލިބިވަޑައިގެންނެވީ 150 ވޯޓެވެ.
މުއާޒް ޖާބިރު މަހިބަތޫ ދާއިރާގެ ޓިކެޓަށް ވާދަކުރެއްވި އިރު، އެމްޑީޕީގެ ޓިކެޓު އޭނާ ކަށަވަރު ކުރައްވާފައިވަނީ 234 ވޯޓުންނެވެ. އެ ދާއިރާއަށް ދެން ވާދަކުރެއްވި އަބްދުލް ޖަލީލް އިބްރާހިމް އަށް 132 ވޯޓު ލިބިވަޑައިގެންނެވި އިރު، ބުންޔާމީން ހަސަނަށް ލިބިވަޑައިގެންނެވީ 96 ވޯޓެވެ. އަދި ހައްވާ ރަޝީދާއަށް ލިބިވަޑައިގެންނެވީ 4 ވޯޓެވެ.
ރާއްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތާރީހަކީ 17 މާޗު 2024 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް