ޕްރިމިއާ ލީގު: ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަން އިން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުން އެވަޓަން މޮޅުވެއްޖެއެވެ. އާ ކޯޗު ޝީން ޑައިޝްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އެވަޓަން އިން...

04 Feb 2023 | 15:52

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ތާވަލްގެ އެއްވަނާގައި އޮތް އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުން އެވަޓަން މޮޅުވެއްޖެއެވެ.

އާ ކޯޗު ޝީން ޑައިޝްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން އެވަޓަން އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.

ގުޑިސަން ޕާކުގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، އެއްވެސް ޓީ މަކަށް ލަނޑެއް ނުޖެއެވެ.

އެވަޓަން އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ 60 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ މެކްނީލް ނެގި ކޯނަރަކުން ޖޭމްސް ޓާކޯސްކީ އެވެ. މި ލަނޑަށް ފަހު މެޗުގެ ނަތީޖާ އަނބުރާލަން އާސެނަލުން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. ނަމަވެސް މެޗު ނިމުނުއިރުވެސް އާސެނަލަށް އެޓީމުން ނަތީޖާ ނެރެން ކުރި މަސައްކަތް ކާމިޔާބު ވަގޮތް ނުވިއެވެ. މިއީ މި ފަހަރު ލީގުގައި އާސެނަލް ބަލިވި ދެ ވަނަ މެޗެވެ. ކުރިން އެޓީމު ބަލިވީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ.

މި ނަތީޖާއާއި އެކު ވެސް އާސެނަލް އޮތީ ތާވަލްގެ އެއްވަނާގައެވެ. އެޓީމު ލީގުގެ އެއް ވަނައިގައި އޮތީ 20 މެޗުން ލިބުނު 50 ޕޮއިންޓާ އެކު އެވެ. އާސެނަލް އަތުން މޮޅުވި އެވަޓަން މިވަގުތު އޮތީ ކުޅުނު 21 މެޗުން 18 ޕޮއިންޓް ލިބިގެން ލީގުގެ 17 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް