އއ. މަތިވެރިން ގެއްލުނު އުމުރުން 73 އަހަރުގެ ހަސަން އަލީ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކުރިއަށްދާކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މިހާތަނަށް ކުރި މަސައްކަތުން ހަސަން ފެނިފައިނުވާކަމަށާއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަށުގެ ފަޅުތެރެ، ޑައިވްކޮށްގެން ބެލުމުގެ މަސައްކަތް ކުރިއަށްދާއިރު ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކާއި ފަޅު ގޯތިތައްވެސް ވަނީ ބަލާފައި ކަމަށާއި އަދިވެސް އިތުރަށް ބަލަމުން އަންނަކަމުގައި ފުލުހުން ބުނެއެވެ.
އއ. މަތިވެރި / ރިވެލި ، ޙަސަން ޢަލީ (73އ) ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުދަ ދުވަހުގެ 09:37 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ޙަސަން ޢަލީ އެންމެ ފަހުން ފެނިފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހުގެ 10:30 ހާއިރުކަމަށް އާއިލާއިން މައުލޫމާތުދީފައިވެއެވެ.
ޙަސަން ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރ 3322111 އަށް ނުވަތަ މަތިވެރި ޕޮލިސް ސްޓޭޝަން ނަންބަރ 9994875 ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް