މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 30 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 30 ޕަސެންޓަށް އިތުރުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 172،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފަ...

04 Feb 2023 | 14:20

މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 30 ޕަސެންޓަށް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 172،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު 130،000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު އެވްރެޖުކޮށް ދުވާލަކު ރާއްޖެ އަށް 5،500 ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވަނީ ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިގޮތުން ރަޝިޔާއިން 24،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވާއިރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ އިންޑިއާއިން ވަނީ 19،000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

މީގެ އިތުރުން ކޮވިޑްގެ ކުރިން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރާ ޗައިނާއިން މި މަހުގެ 18 އިން ފެށިގެން ވަނީ ޓޫރިސްޓުން އަންނަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް