އިންސާނީ ވަގުފާރި ހުއްޓުވުމަށް މަސައްކަތް ކުރުމަށް ރާއްޖެއާ ސްރީލަންކާ އާއި ދެ ޤައުމުގެ ދެމެދުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އިންސާނީ ވަގުފާރި ހުއްޓުވުމަށް ދެ ގައުމުގެ ދެމެދުގައި ގުޅިގެން މަސައްކަތް ކުރާނެއެވެ. އަދި ބްލެކްލިސްޓް ކޮށްފައިވާ މީހުންނަށް ރާއްޖެއާ ލަންކާއާ ދެ ގައުމަށް އެތެރެ ނުވެވޭ ގޮތް ހަމަޖެއްސާނެއެވެ.
މީގެ އިތުރުން ގާނޫނާއި ގަވައިދާ ޚިލާފަށް މީހުން އެތެރެވުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމާއި ދެ ގައުމު ގުޅިގެން އިމިގްރޭޝަންގެ އިންސާނީ، ފަންނީ އަދި ޓެކްނޮލޮޖީގެ ގާބިލްކަން މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރ، މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)އެވެ. އަދި ލަންކާ ލަންކާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލަރ، ނިހާލް ރަނަސިންގާ އެވެ.
މި ކުރިއެރުމަކީ އިމިގްރޭޝަން ދާއިރާއަށް އާ ހަރުފަތެއްކަން ފާހަގަކުރައްވައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި އެއްބަސްވުމާއެކު ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ދެ ގައުމުގެ އިދާރާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް