ކާމިޔާބު މީހަކަށް ވުމަށް އެހީތެރެވެދޭ ޕްރޮގްރާމްގައި ރަށުގައި ހުރެގެން ވެސް ބައިވެރިވެވިދާނެ

އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު ހުސެއިން އ...

04 Feb 2023 | 08:30

އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު ހުސެއިން އަފީފްގެ ހާއްސަ އިވެންޓްގައި އޮންލައިންކޮށްވެސް ބައިވެރިވެވޭނެއެވެ. މި އިވެންޓް އޮންނާނީ މި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

'ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިޑްސެޓް' ގެ ނަމުގައި ބާއްވާ މި އިވެންޓުގައި އަފީފް ތިން ސެޝަނެއް ނަންގަވައިދެއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުމުގައި ކުރިއަރައިދާނެ މަގެއް ހިޔާރުކުރާނެ ގޮތާއި އެފަދަ ޕްލޭނެއް ތައްޔާރުކުރާނެ ގޮތާއި އެފަދަ ކަމަކަށް ކުރިމަތިލާއިރު އަމަލުކުރަން ޖެހޭނެ ގޮތްތަކާ ބެހޭ ކުރިއަށްގެންދާ އިލްމީ ސެޝަންތަކެވެ.

ދުނިޔޭގެ މަޝްހޫރު ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަފީފް މި ސެޝަނުގައި މިސްޓަ މެކްސްވެލްގެ "ފިފްޓީން ލޯސް އޮފް ގްރޯތު" ކިޔަވައިދެއްވާނެ އެވެ. އަދި މި ސެޝަންތައް ފުރިހަމަކުރައްވާ ފަރާތްތަކަށް މިސްޓަ މެކްސްވެލްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޓްފިކެޓެއް ލިބޭނެ އެވެ.

ރެޒޫމޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އިވެންޓުގައި ބައިވެރިވެވޭނީ ފީއެއް ދައްކައިގެން ކަމަށެވެ.

"މިއީ ތިމާގެ ގާބިލްކަން ދެނެގަނެ، އެ ގާބިލްކަމުގެ ބޭނުންކޮށްގެން މި އަހަރާއި ކުރިއަށް އަހަރުތަކަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާނެ ގޮތްތައް ދަސްކުރަން ލިބޭނެ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

"އަހަރެމެން ވިސްނާ ގޮތާއި ދަސްކުރާ ގޮތާއި ހާސިލްކުރާ ގޮތް، އެހެން ހަރުފަތަކަށް ގެންދެވޭނެ އުކުޅުތައް، އަފީފްގެ އިލްމާއި ތަޖުރިބާ އިން ކިޔައިދެއްވާނެ."

މި ސެޝަންތަކުގެ ބައިވެރިވުމުގެ ފުރުސަތު ރަށުގައި އެކި ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންނަށާއި ކުރިއަށްދާނެ މަގެއް ޚިޔާރުކުރަން ވިސްނަމުންދާ ޒުވާނުންނަށާއި ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

" އާންމުކޮށް މިކަހަލަ އިވެންޓްތައް މި އޮންނަނީ މާލޭގައި އަދި ބައިވެރިވާން މި ޖެހެނީ މާލެ ދާން. މި އިވެންޓްގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތަކީ އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ވަރަށް އަގުހުރި ފުރުސަތަކަށް ވާނެ" ރެޒޫމޫގެ އޮފިޝަލް ވިދާޅުވިއެވެ.


އަފީފްގެ ތައާރަފު:

އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ މި ސަރަހައްދުގެ ޓްރެއިނިން، ޑިވެލޮޕްމަންޓް އަދި ކުއަލިޓީ އެޝުއަރެންސްގެ ޑިރެކްޓަރުގެ ޒިންމާ އަދާކުރައްވާ އަފީފަކީ ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ރައީސް ވެސް މެ އެވެ.

އަފީފް ވަނީ ބައިނަލްއަގްވާމީ ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވައި ސެޝަންތައް ނަގައިދެއްވައިފަ އެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފް އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރު ވެސް މެ އެވެ. އޭނާ އަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއް ވެސް މެ އެވެ.

އިވެންޓް ރަޖިސްޓްރޭޝަން ލިންކް: https://rb.gy/35ggo6

އިތުރު މައުލޫމާތު: 7912444 މުހައްމަދު ހަމްދޫން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް