ފަޅުރަށެއްގައި ބަޔަކު ވެލާ ފަޅައި ކައްކަން އުޅުނު މައްސަލައެއް ބަލަނީ!

ބ. އަތޮޅުގެ ފަޅުރަށެއް ގައި ބަޔަކު ވެލާތަކެއް ފެޅި މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބ. އ...

04 Feb 2023 | 08:09

ބ. އަތޮޅުގެ ފަޅުރަށެއް ގައި ބަޔަކު ވެލާތަކެއް ފެޅި މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބ. އަތޮޅުގެ ފަޅުރަށެއްގައި ވެލާ ފަޅާކަމުގެ މައުލޫމާތު ލިބިފައި ވަނީ އިއްޔެ ހަވީރު 16:38 ހާއިރު ކަމަށެވެ.

މި މަޢުލޫމާތާއި ގުޅިގެން އެ ރަށައް ގޮސް ބަލަން ޖެހޭ ކަންކަން ބަލައި އީޕީއޭ އަށް މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި މި މައްސަލަ ގެންދަނީ ފުލުހުން ތަހުގީގު ކުރަމުން ކަމަށް ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން އެ ރަށަށް އެރިއިރުވެސް، ވެލާ ފަޅައި އޭގެ ތެޔޮކުނޑި ހޭނުމުގެ މަސައްކަތް ބަޔަކު ދިޔައީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް