އަފްޢާނިސްތާނަށް އުފަން މާޝަލް އަކީ އެޤައުމުގެ ތިން ޔުނުވާރސިޓީއެއްގައި 10 އަހަރު ތައުލީމު ދިނުމުގެ މަސައްކަތްކުރި ޕްރޮފެސަރެކެވެ.
އަޕްޢާނިސްތާނުގެ މިހާރުގެ ހާލަތުގެ ތެރެއިން ތައުލީމަށްޓަކައި ޖިހާދުތަކެއް ކުރަމުން އަންނަ މުދައްރިބެކެވެ. ޕޮފެސަރ މާޝަލް ވަނީ އަޕްޢާނިސްތާނުގރ މައިންނަށާއި ދައްތަމެންނަށް ކިޔެވުމުގެ ފުރުސަތު ނެތްނަމަ އެބޭފުޅާގެ ޑިގްރީގެ ބޭނުމެއްނެތްކަމުގައި ބުނެ ސެޓިފިކެޓުތައް ލައިވް ޓީވީ ޕްރޮގްރާމެއްގައި ވީދާލާފައެވެ.
އޭނާ ވިދާޅުވެފައިވަނީ ތިމަންނަގެ މައިންނަށާއި ދައްތަމެންނަށް ކިޔެވައިދިނުމުގެ ފުރުސަތު ނެތުމުން ތައުލީމީ ނިޒާމް ގަބޫލު ނުކުރެވޭ ކަމުގައާއި އެ ދުވަހުގެ ފަހުން ޑިގްރީތަކުގެ ބޭނުމެއް ނުފެންނަ ކަމުގައެވެ. އަދި އެޤައުމަކީ ތައުލީމަށް ފުރުސަތު ނެރް ޤައުމެއް ކަމުގައިވެސް މުޅި ދުނިޔެއަށް ވަނީ ދައްކައިދީފައި އެވެ.
ޕްރޮފެސާރ މާޝަލްގެ މި ހިތްވަރުގަދަ އަމަލު ތާލިބާނުންނަށް ކަމުދާގޮތް ނުވުމުން އޭނާ ވަނީ ހައްޔަރުކޮށްފައިވެ. އެގޮތުން ރަހުމެއް ނެތި އަނިޔާކުރުމަށްފަހު އިއްޔެ ގެންގޮސްފައިވާ ތަނެއްވެސް ނޭނގޭ ކަމުގައި ޕްރޮފެސަރ ގެ ރަހުމަތްތެރިޔެއް މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ
ތާލިބާނުންގެ ހަމަނުޖެހުންތަކާއި ތައުލީމަށް އަޅަމުންދިޔަ ހުރަސްތަކުގެ ތެރެއިން އަފްޢާނުސްތާނުގެ ވެރިރަށް ކާބުލްގެ މަގުމަތީގައި އަންހެންކުދިންނަށާއި ދަރިވަރުންނަށް ފޮތްތަކެއް މާޝަލް ބަހަމުންދިޔަ ކަމުގައިވެސްވެއެވެ.
ތައުލީމީ އިންސްޓިޓިއުޓެއް އަފްޢާނިސްތާނުގައި ހިންގި ޕްރޮފެސަރ މާޝަލް ދިޔައީ އުޙުތުންގެ ތައުލީމަށްޓަކައި އެޤައުމުގައި އަނިޔާވެރި ތާލިބާނުންނާއި ދެކޮޅަށް އަޑުއުފުލަމުނެނެވެ. އަދި މާޝްލް ބުނެފައިވާ ގޮތުގައި ފުރާނަ ބަދަލެއްގެ ގޮތުގައި ދޭން ޖެހުންނަމަވެސް އަންހެން ދަރިންނަށްޓަކައި އެ ގޮތުގައި އަޑު އުފުލަމުންގެންދާނެކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް