ކުނބުރުދޫގެ ފެނާ ނަރުދަމާގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިޔުއެސްސީން މިރޭ ބުނެފިއެވެ. އެމްޑަބްލިއުއެސްސީން ...

04 Feb 2022 | 18:09

އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިޔުއެސްސީން މިރޭ ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިރޭ ކުރި ޓްވީޓެއްގައި ބުނީ އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ ތަކެތި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުނބުރުދޫގައި ގައި 2.75 ކިލޯމީޓަރު ގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫޢު ގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތު ގެ ތެރޭގައި ކުނބުރުދޫ ގައި 2.30 ކިލޯމީޓަރ ގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމާއި، 374 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި،2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދެވިގެން ދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 45.12 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް