މާފުށީ ޖަލާއި މާލޭ ޖަލުގައި ތިބީ ޕޮޒިޓިވް 48 މީހުން

މާފުށީ ޖަލާއި މާލޭ ޖަލުގައި މިވަގުތު ތިބީ ޕޮޒިޓިވް 48 މީހުން ކަމުގައި މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއިން ބުނެފިއެވެ. ކަރެކްޝަންސް އިން މިރޭ ނެރުނު އަދާހަމައިން ދައްކާގޮތުގައި މާލޭ ޖަލުގައި އެކްޓިވް ކ...

04 Feb 2022 | 17:51

މާފުށީ ޖަލާއި މާލޭ ޖަލުގައި މިވަގުތު ތިބީ ޕޮޒިޓިވް 48 މީހުން ކަމުގައި މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިރޭ ނެރުނު އަދާހަމައިން ދައްކާގޮތުގައި މާލޭ ޖަލުގައި އެކްޓިވް ކޭސްގެ ގޮތުގައިތިބީ 4 ގައިދީއަކާއި 6 އޮފިސަރަކު ކަމަށް ކަމަށެވެ. އަދި މާފުށީ ޖަލުގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 37 ގައިދީއަކާއި އެއް އޮފިސަރަކެވެ.

މީގެ އިތުރުން މާލޭ ޖަލުން ގައިދީންނާ ކޮންޓެކްޓްވީ 9 ގައިދީއަކު ކަރަންޓީނުގައި ތިބި ކަމަށާއި 3 އޮފިސަރަކުވެސް ކަރަންޓީނުގައި ތިބިކަމަށް ކަރެކްޝަނުން މަޢުލޫމާތުދެއެވެ.

މާފުށީ ޖަލުން ކޯވިޑްގެ ކޭސްތައް ފެނި އެތަން ކުއްލި ހާލަތައް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭރު މާފުށީ ޖަލުން ޕޮޒިޓިވް ވެފައިވަނީ ހަތް އޮފިސަރުންނާއި ހަތަރު ގައިދީންނެވެ.

https://twitter.com/CorrectionsMv/status/1489589287679311872

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު މާފުށީ ޖަލު ކުއްލި ހާލަތަކަށް ގެނައުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުން މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލުންގެ ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އޮންލައިން ކޮށެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ވަނީ ކޯވިޑް ފެތުރޭތީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހައިރިސްކުގެ ބައެއް ޤައިދީން ގެއަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް