ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 1955 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 599 މީހުންނާއި އަތޮޅުތަކުން 875 މީހުންނާއި ރިސޯޓުތަކުން 78 މީހުން ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި އަދަދު 146،991 އަށް ވަނީ އަރާފައެވެ. 56 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް ވަނީ 280 މީހުން ނިޔާވެފައެވެ.
https://twitter.com/HPA_MV/status/1489650760254033920
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް