އިތުބާރަކީ ޒަވާޖީ ހަޔާތެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސެވެ. މިފަދަ ގުޅުމަކުން އިތުބާރު ގެއްލިއްޖެ ނަމަ ދެން އެގުޅުމެއް މާ ގިނަ ދުވަހަކު ދެމިއެއް ނޯވެއެވެ. މިކަމުގެ ސަބަބުން ދެމަފިރިން އެކަކު އަނެކަނަށް ބޭވަފާތެރިވުން ކުރިމަތިވެ، ކައިވެނީގެ ގޮށް މޮހާލަން ޖެހެނީ މަދެއްކޮށެއް ނޫނެވެ. މިއީކީ އާ ވާހަކަތަކެއް ނޫނެވެ. މިއީ އަޅުގަނޑުމްނެގެ މި މުޖުތަމަޢުގައި ވެސް ވަރަށް ގިނަ ފަހަރު ދިމާވާ އަދި ދިމާވަމުން އަންނަ މައްސަލައެކެވެ. ބައެއް ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 40 އިން ސައްތަ ކައިވެނި ރޫޅިގެން ދަނީ މި ސަބަބުތަކާއި ހުރެއެވެ.
ދެމަފިރިންގެ ދިރިއުުމުގައި މިގޮތައް ދިމާވާ މައްސަލަތައް ގިނަފަހަރު މެދުވެރިވަނީ ފިރިމީހާގެ ފަަރާތުންތޯ ނުވަތަ އަނބިމީހާގެ ފަރާތުންތޯ މިއީ ގިނަ ފަހަރު އޮޅުން ފިލުވަން އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. މިފަދަ މައްސަލަތަކުގެ ހަޤީޤަތް ބަލަން އަނބިމީހާއާއި ސުވާލުކޮށްލައިފި ނަމަ އޭނާ ކުއްވެރިކުރާނީ ފިރިމީހާއެވެ. އަދި ފިރިމީހާކުރެން އަހާލައިފި ނަމަ އޭނާ ކުއްވެރިކުރާނީ އަނބިމީހާއެވެ.
ކަންމިހެން އޮތް ނަމަވަވެސް އެމެރިކަން އެސޯސިއޭޝަން އޮފް މެރިޖް އެންޑް ފެމިލީ ތެރަޕީއިން ކުރި ދިރާސާއަކުން މީގެ ޖަވާބު ސާފެވެ. އެމެރިކަން އެސޯސިއޭޝަން އޮފް މެރިޖް އެންޑް ފެމިލީ ތެރަޕީއިން ކުރި މި ދިރާސާއިން ބުނާގޮތުން ދިރިއުޅުމުގައި މިފަދަ މައްސަލަތައް އެންމެ ގިނަފަހަރު ކުރިމަތިވަނީ އަންހެނުންގެ ސަބަބުންނެވެ.
މިކަމުހެ ހަޤީޤަތް ހޯދުމަށް ކައިވެނި ރޫޅިފައިވާ 2500 އަށްވުރެ ގިނަ ފިރިހެނުންނާއި އަންހެނުން ބޭނުން ކޮށްގެން ހެދި މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ގިނަ ކައިވެނިތައް ރޫޅިފައި ވަނީ އަންހެނުންގެ ސަބަބުންނެވެ. އަންހެނުން ފިރިންނަށް ބޭވަފާތެރިވުމުގެ ސަބަބުންނެވެ. އަދި މިފަދަ އަންހެނުންނަކީ ކައިވެނިން ބޭރުން ހިލޭ ފިރިހެނުންނާއި ގުޅުންބާއްވާ އަންހެނުން ކަމަށް ވެސް މި ހޯދުމުން ފާހަގަކޮށްފައިވެއެވެ. އަދި މި ހޯދުމުން އެނގުނު ގޮތުގައި އެންމެ ގިނައިން ފިރިމީހާއަށް ބޭވަފާތެރި ވެފައިވަނީ އުމުރުން 25 އަހަރާއި 35 އަހަރާއި ދެމެދު އުމުރުފުރައިގެން އަންހެނުންނެވެ.
މި ދިރާސާގައި އިތުރަށް ބުނެފައިވަނީ މިފަދަ މައްސަލަތައް ދިރިއުޅުމުގައި ދިމާވަނީ ދެމަފިރިން ދުރުގައި އުޅުން ނުވަތަ އުޅެން ޖެހުމުންކަމަށާއި އެންމެ ގިނައިން ކައިވެނީގެ ބޭރުން ނާޖާއިޒް ގުޅުންތައް އުފެދެން ދިމާވާ ސަބަބަނީވެސް މިއީ ކަމަށް ހޯދުމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް