ކޮވިޑާއި ގުޅިގެން ލަންކާގައި ކާބޯތަކެތީގެ އަގު އުފުލެން ފަށައިފި

ކޮވިޑާއި ގުޅިގެން އަވަށްޓެރި ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު އުފުލެން ފަށައިފިއެވެ. އެގައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ވަރަށ...

04 Feb 2022 | 14:27

ކޮވިޑާއި ގުޅިގެން އަވަށްޓެރި ސްރީ ލަންކާގައި ކާބޯތަކެތީގެ އަގު އުފުލެން ފަށައިފިއެވެ.

އެގައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ވަރަށްބޮޑަށް ނޭދެވޭ އަސަރުތައް ކުރަމުން އަންނަކަމަށެވެ. އަދި ފަތުރުވެރިން އައުން ހުއްޓި، ބޭރު ފައިސާ ލިބޭނެ ދޮރުތައް ބަންދުވުމަކީ އެންމެބޮޑު ކަންބޮޑުވުން ކަމަށެވެ.

އެހެންވެ، ތެލާއި ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ތަކެތި އިމްޕޯޓް ކުރާނެ ބޭރު ފައިސާ ނެތް އިރު، ހަނޑޫ، ހަކުރު ފަދަ އަސާސީ ކާބޯތަކެތި ވެސް ސުޕަރމާކެޓްތަކުން ހުސްވަމުން އަންނަކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ ތަކެތި ވިއްކަނީ ވެސް ކޮންޓްރޯލް ކޮށްގެން ކަމަށް ބުނެފައިވެއެވެ.

ތަފާސް ހިސާބުތަކަށް ރިޔާޢަތްކޮށް ރިޕޯޓުތައް ބުނެފައިވަނީ ޖެނުއަރީ މަހު ކާބޯތަކެތީގެ އަގު ބޮޑުވި އިރު ވޭތުވެދިޔަ ހަތަރު މަސް ދުވަހު ތެރޭ ކޮންމެ މަހަކު ވެސް ރެކޯޑް މިންވަރަކަށް އަގުތައް މަތިވަމުންދާ ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހު ތަކެތީގެ އަގު ބޮޑުވެފައިވަނީ 12.8 ޕަސެންޓަށްކަން ފާހަގަކޮށްފައިވެއެވެ.

ލަންކާގައި ފޮރިން އެކްސްޗޭންޖް ރިޒަރވް ދައްވުމުން އެ ގައުމުގެ 35 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެއްކިދާނެކަމާ މެދު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވެސް މިހާރުވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް