ކޮވިޑާއި ގުޅިގެން ސްވިޑްން ގައި އަޅާފައިވާ ފިޔަވަޅުތައް އުވާލައިފިއެވެ.
ސްވިޑަންގެ ބޮޑުވަޒީރު މެގްޑަލޭނާ އެޑާސަން އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
އެ ގައުމުގެ ވުޒާރާތަކާއި ހަވާލާދީ ބައެއް ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ކޮވިޑު ބަލީގެ ސަބަބުން އާންމު ސިއްހަތުގެ ޚިދުމަތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ކޮވިޑު ބަލީގެ ސަބަބުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، ބައެއް ގައުމުތަކުން އަޅާފައިވާ ފޮޔަވަޅުތައް އުވާލަމުން އަންނަ އިރު، ބައެއް ގައުމުތަކުގައި އަދިވެސް އަންނަނީ ކޮވިޑުގެ ހާލަތު ގޯސްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް