ލާލް ޗަންދަން ނުވަތަ ރަތްބަބުރު ކެލާ އެހާ އަގުބޮޑީ ކީއްވެކަން އެނގޭތަ !

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމު ކަމުގައިވާ ޕުޝްޕާގެ މުޅި ޕްލޮޓް ބިނާކޮށްފައިވަނީ ލާލް ޗަންދަން ނަމަކަށް ކިޔާ ލަކުޑިއެއްގެ ވަގު ވިޔަފާރީގެ މައްޗަށެވެ. ދިވެހި ބަހުންނަމަ ރަތް ބަބ...

04 Feb 2022 | 09:48

ދިވެހިންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމު ކަމުގައިވާ ޕުޝްޕާގެ މުޅި ޕްލޮޓް ބިނާކޮށްފައިވަނީ ލާލް ޗަންދަން ނަމަކަށް ކިޔާ ލަކުޑިއެއްގެ ވަގު ވިޔަފާރީގެ މައްޗަށެވެ.

ދިވެހި ބަހުންނަމަ ރަތް ބަބުރު ކެލައަކީ ވަރަށް އަގުހުރި އެއްޗެއް ކަމުގައި އެ ފިލްމުން ދައްކުވައިދެއެވެ. އެއީ ވަރަށް ފައިދާ ބޮޑު، ފުރާނަ ދިޔަސް ވަރުގަދަ ގުރުބާނީއެއް ވެގެންވެސް ހިންގާ ވަރުގެ ވަގު ވިޔަފާރިއެއްގެ ގޮތުގައި އެ ފިލްމުން ދައްކައެވެ.

އެ ފިލްމު ބަލާފައި އިންޑިއާގެ ރައްޔިތަކު މިވަނީ އެ ފިލްމުގައި ރަތްބަބުރު ކެލާގެ ވިޔަފާރިއެއް ކުރަން އުޅެނިކޮށް އިއްޔެ އަތުލައިގެންފައެވެ. އިއްޔެ އަތުލައިގަތް އެ ލަކުޑި ތަކުގެ އަގު 2.5 ކަރޯޑު (625000 ޑޮަލަރު) އަށް އަރާނެކަމުގައި އިންޑިއާ ސިފައިން ބުނެއެވެ.

https://twitter.com/dhuvasmv/status/1489277244249886720

ރަތްބަބުރު ކެލާގެ އަގު އެހާ ބޮޑުވަނީ މިއީ ވަރަށް މަދު، އެހެންނަމަވެސް ބޭނުންތަކާ ފައިދާތައް އެހާ ގިނަ ލަކުޑިއެއް ކަމުގައިވާތީއެވެ.

އިންޑިއާގެ ތަމިލްނާޑޫ އަދި އަންދްރަޕްރަދޭޝް ހިމެނޭހެން އެކުލެވޭ ސިސާޗަރަމް ޖަންގަލިން އެކަނި ލިބޭ މި ގަހަކީ އެޗްރެޖްކޮށް އަށް މީޓަރު އުސްމިނަށް ހެދޭ ގަހެކެވެ. މީގެ ގަހެއް ހެދެންވެސް މަދުވެގެން 30 ވަރަކަށް އަހަރު ނަގާކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އަދި ބައެއް މަސްދަރުތަކުން ބުނާގޮތުގައި މީގެ ގަހެއް ފަސް އަހަރުންވެސް ހެދިއެވެ.

މީގެ ލަކުޑީގެ އެންމެ ކިލޯއެއް ދިވެހި ރުފިޔާއިން ބަލާނަމަ ފަސް ހާހާ ހަ ހާހާ ދެމެދުގެ އަގެއްގައި ވިއްކާލެވެއެވެ. ގަހަކުން އާއްމުގޮތެއްގައި 20 ނޫނީ 25 ކިލޯގެ ލަކުޑި ލިބެއެވެެ. އެހެންކަމުން އެންމެ ގަހަކުން ދިވެހި ރުފިޔާއިން ބަލާނަމަ އެއް ލައްކަ 25 ހާސް ރުފިޔާ ލިބޭނެއެވެ.

މި ލަކުޑި ބޭނުންކޮށްގެން ބޭސް އުފައްދައެވެ. އަގުހުރި ފަރްނީޗަރު އުފައްދައެވެ. އަދި މިއުޒިކް ކުޅޭ އަގުބޮޑެތި އާލާތްތައް އުފެއްދުމުގައިވެސް މި ލަކުޑި ބޭނުންކުރެއެވެ. ހަމުގެ ބަލިތަކަށް މީގެ ކުނޑި ބޭނުން ކުރެއެވެ. އަދި އާޓިފިޝަލް ކުލަ އުފެއްދުމުގައިވެސް މީގެ ކުލަ ބޭނުންކުރެއެވެ.

މި ބާވަތުގެ ލަކުޑީގެ ޑިމާންޑް އެންމެ ބޮޑީ ޗައިނާގައެވެ. އެއަށްފަހު ޖަޕާނުގައެވެ. އަދި އެއަށްފަހު މޮންގޯލިޔާގައެވެ.

ޗައިނާގައި މި ބާވަތުގެ ލަކުޑިއަށް ހާއްސަ މިއުޒިމެއްވެސް ހުންނައިރު ޗައިނާގައި ސަގާފީ ވައްޓަފާޅިއަށް ކުރެވޭ ކައިވެނިތަކުގައްޔާއި ބައެއް ޝާހީ ކައިވެނިތަކުގައި މީގެ ލަކުޑި ބޭނުންކޮށްގެން އުފައްދާ މިއުޒިކް އާލާތް ފިރިހެން މީހާގެ ފަރާތުން އަންހެން މީހާއަށް ހަދިޔާ ކުރެއެވެ. އެއީ އެ ގައުމުގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. ނަމަވެސް މިހާރު އެހާ އާންމު ނޫން ކަމެއް ކަމަށްވެސް ބައެއް މަސްދަރުތައް ބުނެއެވެ.

މީގެ ގަސް އިންޑިއާގައި ހެދެނީ ދެ ލައްކަ ހެކްޓަރުގެ ބިމެއް އެކުލެވޭ ސިސަޗާރަމް ޖަންގަލީގައެވެ. އެ ޖަންގަލި ބެހިގެންދަނީ ޗިތޫރު، ކަޅައްޕާ، ގުރްނޫލް އަދި ނައްލޯރު ހިމެނޭހެން ހަތަރު އަވަށަށެވެ. މި ހަތަރު އަވަށް ހިމެނޭ ސަރަހައްދަކީ ތަމިލްނާޑޫ އާއި އަންދްރަޕްރަދޭޝް ހިމެނޭ ސަރަހައްދެވެ.

މި ގަހުގެ ބޭނުން ބޮޑުވެ، ވަގަށް ބޭރު ކުރުން އިތުރުވާތީ އެ ޖަންގަލި އިންޑިއާ ފުލުހުން ބަލަހައްޓަމުންވެސް ދެއެވެެ. އަދި ދޭތެރެ ދޭތެރެއިން މި ގަހުގެ ވައްކަންކުރާ މީހުން އަތުލައިގަނެއެވެ. ބައެއް ހާދިސާތަކުގައި މީހުން މަރުވެފައިވެސް އެބަ ހުއްޓެވެ.

އެގޮތުން 2015 ވަނަ އަހަރު، މީގެ ގަސް ވަގަށް ކަނޑަން އުޅުނު ބަޔަކާއި އިންޑިއާގެ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި 20 މީހަކަށް ބަޑިން ހަމަލާދީ މަރާލިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް