ސްރީލަންކާގެ 74 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.
އެގައުމުގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސް ކުރައްވާފައިވާ ޓްވީޓެއްގައި ސްރީލަންކާގެ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސައާއި، ލަންކާގެރައީސް ގޮތާބަޔާ ރާޖަޕަކްސައަށް ދުވަހުގެ ތަހުނިޔާ ވަނީ ވިދާޅުވެފަެއެވެ.
މީގެ އިތުރުން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ ހެޔޮއެދުންތައް ވެސް ވަނީ ފޮނުއްވާފައެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްރީލަންކާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.
https://twitter.com/ibusolih/status/1489458717699756034
ސްރީލަންކާއަށް މިނިވަންކަން ލިބުނީ 4 ފެބުރުވަރީ 1948ގައެވެ. ސްރީލަންކާއާ ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 26 ޖުލައި 1965 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް