ހުކުރު ދުވަހު ކަޙުފް ސޫރަތް ކިޔެވުމަކީ މަތިވެރިވެގެން ވާ ސުންނަތެއް

އިންސާނާގެ މުޅި ޙަޔާތް ހޭދަކުރަންޖެހެނީ ﷲ ތަޢާލާ އަށް އަޅުކަންކުރުމުގައެވެ. ﷲ ތަޢާލާ އަށް އަޅުކަންކުރުމަށް ވަކި ޚާއްޞަ ދުވަހެއް ނެތެވެ. ޙަޔާތުގެ ކޮންމެ ހިނދުކޮޅަކީ ވެސް ﷲ އަށް އަޅުކަންކުރަންޖެހޭ ވަގުތ...

04 Feb 2022 | 04:08

އިންސާނާގެ މުޅި ޙަޔާތް ހޭދަކުރަންޖެހެނީ ﷲ ތަޢާލާ އަށް އަޅުކަންކުރުމުގައެވެ. ﷲ ތަޢާލާ އަށް އަޅުކަންކުރުމަށް ވަކި ޚާއްޞަ ދުވަހެއް ނެތެވެ. ޙަޔާތުގެ ކޮންމެ ހިނދުކޮޅަކީ ވެސް ﷲ އަށް އަޅުކަންކުރަންޖެހޭ ވަގުތުކޮޅެކެވެ. އެހެންނަމަވެސް ﷲ ތަޢާލާ ވަނީ، رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އުންމަތުގެ މައްޗަށް ހުކުރު ދުވަސް ޚާއްޞަކުރައްވާފައެވެ.

އެގޮތުން ހުކުރު ދުވަހު ހާއްސަވެގެންވާ އެއް ކަމަކީ ހުކުރު ދުވަހު އިރުއޮއްސުމުގެ ކުރިން ކަހުފް ސޫރަތް ކިޔެވުމެވެެ. ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ)) މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. ((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)) މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”

ވީމާ، ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުން (އެބަހީ ޝަރުޢީ ގޮތުން ރޭގަނޑު ފެށުމުން) ގޮސް ހުކުރު ދުވަހުގެ އިރު އޮއްސުމާ ހަމައަށް (ހުކުރު ދުވަހުގެ މަޣްރިބް ނަމާދު ވަގުތު) ކަހަފު ސޫރަތް ކިޔެވޭނެއެވެ. މި ސޫރަތް އެއްފަހަރާވެސް ކިޔެވޭނެއެވެ. އަދި ބައިބަޔަށް ބަހައިގެންވެސް ކިޔެވޭނެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.” (ޞަޙީޙުލް ޖާމިޢު 6470).

މި ލިޔުމަށް މަޢުލޫމާތު ނަގާފައި ވަނީ ދިސަލަފިއްޔާ ވެބްސައިޓުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް