ރައްޔިތުންގެ ހާލު ބެއްލެވުމަށް މެޑަމް ފާތުމަތު އިބްރާހިމް ނ. އަތޮޅުގައި

ރައްޔިތުންގެ ހާލު ބެއްލެވުމަށާއި އެކަމަނާ އިންތިޒާމް ކުރައްވައިގެން ކުރިޔަށް ގެންދާ ފަސްޓް ލޭޑީ ބަށިބޯޅާ މުބާރާތް ފައްޓަވައި ދެއްވުމަށް މެޑަމް ފާތުމަތު އިބްރާހިމް ނ. އަތޮޅަށް ވަޑައިގެންފި އެވެ. އިއްޔެ...

04 Feb 2017 | 10:32

ރައްޔިތުންގެ ހާލު ބެއްލެވުމަށާއި އެކަމަނާ އިންތިޒާމް ކުރައްވައިގެން ކުރިޔަށް ގެންދާ ފަސްޓް ލޭޑީ ބަށިބޯޅާ މުބާރާތް ފައްޓަވައި ދެއްވުމަށް މެޑަމް ފާތުމަތު އިބްރާހިމް ނ. އަތޮޅަށް ވަޑައިގެންފި އެވެ.

އިއްޔެ ފެއްޓެވި މި ދަތުރުފުގައި އެކަމަނާ އެ އަތޮޅުގެ ކެނދިކުޅުދޫ، ލަންދޫ، ހޮޅުދޫ، މަނަދޫ އަދި ވެލިދޫއަށް ވަޑައިގެންނަވާނެ އެވެ.  އިއްޔެ ވަނީ ރަސްމީކޮށް ފަސްޓްލޭޑީ ބަށިބޯޅަ މުބާރާތް ލަންދޫގައި ފަށާފައި އެވެ. ޝަރަފުވެރި މެހެމާނަކީ އެކަމަނާ އެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކަނިވެރި މައިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބައްދަލު ކުރައްވައި ހާލު ބެއްލެވުމަށް ހަމަޖެހިފައިވާ ކަމަށް މެޑަމް ޕާތުންގެ އޮފީހުން މައުލޫމާތު ދެ އެވެ. މި ބައްދަލުވުންތަކުގައި އެ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ކޮންދެވެން ހުރި ކަންތައްތައް އޮޅުން ފިލުވާނެ އެވެ.

މި ދަތުރުފުޅަކީ މިދިޔަ މަހު މެޑަމް ފެއްޓެވި "އެންމެ ގާތުން" ކެމްޕެއިންގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. މި ކެމްޕެއިންގެ ދަށުން އެކަމަނާ ހުޅުމާލެއަށްވެސް ވަޑައިގެންނެވި އެވެ.

މެޑަމް ފާތުންގެ މި ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދުު ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް