ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކުއްޓި ނަޝީދު) އެރަށުގައި ދަތުރު ކުރެއްވި ކާރާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި މީހެއްގެ ފައި ބިނދިއްޖެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފައިބިންދައިގެން ދިޔައީ ސައިކަލް ދުއްވަން އިން މީހާގެ އެވެ. އެމީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަކުގައި ފަރުވާދެމުން ދާއިރު އިތުރު ފަރުވާއަށް މިއަދު އިރުއޮއްސޭއިރު މާލެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ނަޝީދު ވަނީ އެމީހާގެ ބޭސްފަރުވާގެ ހުރިހާ ކަމަކާއި ހަވާލުވެވަޑައިގެންފައި އެވެ. އެ ރަށު އަމީނީމަގުގައި މި އެކްސިޑެންޓު ހިނގި އިރު ކާރު ދުއްވަން އިނީ މެންބަރު ނަޝީދު އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެން އުޅުއްވަނީ އޭނާގެ ހަރަުގައި އަޅާ ޕާކެއްގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް