މުޅި ދުނިޔެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވާ "ވޯލްޑް ޕޭސްޓްރީ ކަޕް 2017" މިދިޔަ މަހު ބާއްވައިފި އެވެ.
ޖެނުއަރީ 22 އަދި 23 ގައި ފްރާންސްގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި 12 ގައުމަކުން ބައިވެރި ވި އެވެ. އެއީ އިންޑިއާ، ފްރާންސް، އިންޑޮނޭޝިއާ، ސްވިޒަލޭންޓް، ސްވެޑަން، ޖަޕާން، އަލްޖީރިއާ، އާޖެންޓީނާ، ބްރެޒިލް، ޑެންމާކް، މިސްރު، އަދި ސިންގަޕޫރެވެ.
މިއަހަރުގެ މުބާރާތުން އެއްވަނަ ހޯދީ މުބާރާތް ބޭއްވި ފްރާންސްގެ ޕޭސްޓްރީ ޝެފުންގެ ޓީމެވެ. ދެވަނައަށް ޖަޕާނުގެ ޓީމެއް ދިޔަ އިރު ތިން ވަނައަށް ދިޔައީ ސްވިޒަލޭންޑުގެ ޓީމެކެވެ.
މިއަހަރު މުޅިން އަލަށް މި މުބާތުގައި ބައިވެރިވީ އިންޑިއާއި އިންޑޮނޭޝިއާ އަދި ޗިލީ އެވެ. މި މުބާރާތުގެ ފައިނަލަށް 22 ޓީމެއް ދިޔަ އެވެ.
މި މުބާރާތުގައި ކާއެއްޗެހި ތައްޔާރު ކުރަން ޖެހެނީ އައިސްކްރީމާއި، ހަކުރު އަދި ޗޮކުލެޓު ބޭނުންކޮށްގެންނެވެ. ފައިނަލަށް ދިޔަ ކޮންމެ ޓީމަކުން މީގެ ކޮންމެ ބާވަތެއް ބޭނުންކޮށްގެން ވަކިން ކާއެއްޗެއް ހަދަން ޖެހުނެވެ. އަދި މޭވާ ހިމަނައިގެންވެސް ކާއެއްޗެއް ހަދަން ޖެހުނެވެ.
މި މުބާރާތުގައިބައިވެރިން ތައްޔާރު ކުރަންޖެހެނީ ހުސްގަނޑީގައި ފޫހި ފިލުވާލަން ކާލާނެ ފޮނިއްޗެކެވެ. ވަނަ ހޮވުމުގައިބަލާފައިވަނީ ރަހަ އަށާއި ހަދާފައިވާ ކާއެތީގެ ރީތި ކަމަށެވެ.
ތިރީގައި އެވަނީ މުބާރާތުގައި ބައިވެރިވި އެހެން ގައުމުތަކުން ހަދާފައިވާ ބައެއް ކާއެއްޗިއްސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް