ނިމިގެންދިޔަ 2016 ވަނަ އަހަރު ދިވެހި ފިލްމީ ދާއިރާގައި އުފެދުނު ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާލަން ބޭނުންވި އެއް ފިލްމަކީ 'ޔާރާ' ޕްރަޑަކްޝަންސްގެ އުފެއްދުމެއް ކަމުގައިވާ ފިލްމު "ވިޝްކާ" އެވެ.
ދިގު އިންތިޒާރަކަށްފަހު، "ވިޝްކާ" ބެލުންތެރިންނާއި ހަމަޔަށް އަންނާނެ ދުވަސް ޔަޤީންވެފައިވީ އިރު، މި ފިލްމު އަޅުވަން ގަސްދު ކޮށްފައިވަނީ ވަރަށް ޚާއްސަ ދުވަހެއްގައެވެ. މިއަހަރުގެ އަންހެނުންގެ ދުވަސް ކަމުގައިވާ މާރޗް މަހުގެ 8 ވަނަ ދުވަހު, ޝްވެކް ސިނަމާ ގައެވެ.
'ދުވަސް' އަށް މަޢުލޫމާތު ދެމުން ފިލްމުގެ ޕްރޮޑިއުސަރ އައިޝަތު ރިޝްމީ ބުނީ، ފިލްމުގެ ހުރިހާ މަސައްތަކެއްވެސް މިހާރު ނިމި، ބޭނުންވި ވަރަށް ފިލްމު ޕާފެކްޓް ކުރެވިފައިވާ ކަމަށާއި ބެލުންތެރިންނާއި ހަމަޔަށް ފިލްމު ގެނެސް ދިނުން ލަސްވީ ފިލްމުގެ ހުރިހާ ޑިޕާޓްމެންޓަކަށް ވެސް އެފަރާތްތަކުގެ މަސައްކަތްތަށް އެއްކޮށް ފުރިހަމަ ކުރުމަށް ވަގުތު ދިނުމުން ކަމަށެވެ.
މީގެ އިތުރުން ރިޝްމީ ބުނީ. ފިލްމު ކުރިން ނޭޅުވުނު ކަމުގައި ވިޔަސް މިހާރު ފިލްމު އަޅުވަން ފައިނަލް ކުރި ތާރީޚަކީ އެންމެ ރަނގަޅު ތާރީޚު ކަމަށެވެ.
"ވިޝްކާ އަކީ ވުމަން-އޮރިއެންޓެޑް ފިލްމަކަށްވެފައި، މާރޗް 8 އަކީ އަންހެނުންގެ ދުވަސް ކަމަށްވާތީ، މިއީ މިފިލްމު އަޅުވަން ހަމަ އެންމެ ޕާރފެކްޓް ދުވަސް" ރިޝްމީ ބުންޏެވެ.
https://www.youtube.com/watch?v=t7xp8gXSs_I
އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ފާރޫޤް ޑައިރެކްޓް ކުރާ މިފިލްމަކީ ޕޮލިޓިކަލީ ޗާޖްޑް ކްރައިމް ޑްރާމާ ފިލްމެކެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމް އިންޑަސްޓްރީގައި މިހާރު އެންމެ ފުންނާބު އުސް ތަރިން ކަމުގައިވާ އައިޝަތު ރިޝްމީ، ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ.
https://www.youtube.com/watch?v=SDpgQYh504w
ދިވެހި މުޖުތަމައު އިން ފެންނަ ގިނަ ކަންތައްތައް ދައްކުވާދޭ މިފިލްމުގެ ޕްރީ ޕްރޮޑަކްޝަން 2015 ވަނަ އަހަރު ފެށިފައިވާއިރު ޝޫޓިންގް ފެށިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ފިލްމުގެ ޝޫޓިންގް ނިމި "ވިޝްކާ" ލޯންޗް ކޮށްފައިވަނީ 30 މެއި 2016 ގައެވެ.
"ވިޝްކާ" ބެލުންތެރިންނާއި ހަމަޔަށް އެންމެ ފުރިހަމަ ގޮތުގައި ގެނެސް ދިނުމަށް ގިނަ ބައެއްގެ އެހީތެރިކަންވަނީ ލިބިފައެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ރެޑް ކްރެސެންޓްގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން، ފިލްމު ލޯންޗުކުރިރޭ ފިލްމުގެ ޑައިރެކްޓަރ ރަވީ ފާރޫޤް ވަނީ ފާހަގަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް