ފެނުނީ ކިނބުލެއް ކަން ކަށަވަރެއް ނޫން: މިލަދޫ ކައުންސިލް

ނ.މިލަދޫ ފަޅުތެރެއިން ކިނބުލެއް ފެނުނު ކަމަށް ބުނާއިރު އެ ފެނުނު މީހާއަށް ފެނުނީ ކިނބުލެއް ކަން ޔަގީން ނުވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން މިލަދޫ ކައުންސިލްގެ ރަ...

04 Feb 2015 | 15:24

ނ.މިލަދޫ ފަޅުތެރެއިން ކިނބުލެއް ފެނުނު ކަމަށް ބުނާއިރު އެ ފެނުނު މީހާއަށް ފެނުނީ ކިނބުލެއް ކަން ޔަގީން ނުވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މިލަދޫ ކައުންސިލްގެ ރައީސް އިލްޔާސް އަބްދުލް ސަމަދު ވިދާޅުވީ ރަށުގެ ފަޅުތެރެއިން މިއަދު ހަވީރު 5:30 ހާއިރު ކިނބުލެއް ފެނުނު ކަމަށް އަންހެން ކުއްޖަކު ބުނާ ކަމަށާއި ނަމަވެސް އެ ކުއްޖާއާ ސުވާލު ކުރުމުން ފެނުނީ ކިނބުލެއްކަން އެ ކުއްޖާއަށް ކަށަވަރު ނުވާކަމަށް އެ ކުއްޖާ ބުނާ ކަމަށެވެ.

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ މިލަދޫއަކީ ކިނބުލަށް އާ ރަށެއް ނޫން ކަމަށާއި މިދިޔަ އަހަރު އެރަށަށް އެރި ކިނބުލެއް ރަށު ރައްޔިތުން ހިފި ކަމަށެވެ. އަދި މިފަހަރު ކިނބުލެއް ފެނުނު ކަމަށް ބުނާއިރު މިކަމާމެދު ސަމާލުވެތިބުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާނެ ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް