ހުޅުމާލެ ގޮނޑު ދޮށަށް މިއަދު ބޮޑު މަހެއް ލައްގައިފިއެވެ.
ދުވަހަށް މައުލޫމާތު ދެމުން ހުޅުމާލެއިން ވާހަކަދެއްކި މީހަކު ބުނީ އެ މަސް ލެއްގި ކަމަށް ބެލެވެނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށާއި އެ މަހުގެ ދިގުމިނުގައި 40 ހަކަށް ފޫޓު ހުންނާނެ ކަމަށެވެ. އަދި އެ މަސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށްވެސް ހުޅުމާލެއިން ވާހަކަދެއްކި މީހާ ބުންޏެވެ.
ހުޅުމާލޭ ގޮނޑުދޮށަށް ބޮޑުމަހެއް ލައްގާފައިވާއިރު ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ވިލުފުއްޓަށް 55 ފޫޓުގެ ބޮޑު މަހެއް ވަނީ ލައްގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް