ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ގޯލްޑަން ފުޓްސަލް ކްލަބާއި ޕަރޓްނަރވެއްޖެއެވެ. މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ރަށްރަށުން 130 ޓީމެ...

04 Jan 2025 | 09:51

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ގޯލްޑަން ފުޓްސަލް ކްލަބާއި ޕަރޓްނަރވެއްޖެއެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ރަށްރަށުން 130 ޓީމެއް ބައިވެރިވާއިރު ޖުމްލަ 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރެއް ޖަނަވަރީ އިން ފެށިގެން 25 ފެބުރުއަރީ އާއި ހަމައަށެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޓާފް ސްޓޭޑިއަމްގައެވެ.  ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 މިރޭ ފެށުމަށް ހަމަ ޖެހިފައިވަނީ 2023 ގެ ޗެމްޕިއަން ޓީމު ލ. ގަން އަދި 2024 ގެ ޗެމްޕިއަން ޓީމު ކަމުގައިވާ އޭދަފުށީގެ ފޯރިގަދަ ޗެރިޓީ ޝީލްޑް މެޗަކުންނެވެ.

2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖު ގެ ޕްލެޓިނަމް ޕަރޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވާ މިއީ ތިން ވަނަ އަހަރެވެ. އެހެން އަހަރުތަކެކޭ އެއްގޮތައް މިއަހަރުވެސް ގޯލްޑަން ފުޓްސަލް ގައި ބައިވެރިވާ ޓީމުތަކަށާއި ބެލުންތެރިނަށް ހާއްސަ ހަރަކާތްތަކެއް ރޭވިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް