ތާވަލަށްވުރެ އަވަހަށް ފްލެޓްތައް ނިންމާ ހަވާލުކުރަށް މިދަނީ މަސައްކަތް ކުރަމުން: އެފްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓްތައް ތާވަލަށް ވުރެ އަވަހަށް ނިންމާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބ...

04 Jan 2024 | 14:31

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓްތައް ތާވަލަށް ވުރެ އަވަހަށް ނިންމާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހައުސިންގ ޔުނިޓްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޔުނިޓްތަކުގެ ހައްގުވެރިންނާ ހަވާލުކުރުމަކީ އެ ކޯޕަރޭޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ހަލުވި ކުރެވިފައިވާ ޓަވަރުތަކުގައި 31 ޝީޓު އަޅަން ނިންމާފައިވާކަމަށާއި މިއީ މިހާތަނަށް ކުރިއަށް ގެންދެވުނު އެންމެ ހަލުވި ސްލެބް ސައިކަލް ކަމުގައި އެ ކޯޕަރޭޝަނުން ބުންޏެވެ.

އެފްޑީސީ އިން ބުނީ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ހައުސިންގ ޔުނިޓްތައް ހަވާލުކުރުމަށް އެ ކޯޕަރޭޝަންގެ މަސައްކަތްތެރިން ސައިޓުތަކުގައި ތިން ޝިފްޓަކަށް ބަހާލައިގެން ހުއްޓުމެއް ނެތި 24 ގަޑިއިރު މަސައްކަތް ކުރަމުން ކަމަށެވެ.

އެފްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން މިހާރު ކުރަމުން އަންނަނީ ޔުނިޓްތައް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވުމުގެ މަސައްކަތްތައް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް