ވާހަކަ ދެއްކުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު  ހުޅުވާލައިފި

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު  ދިވެހި ބަހުގެ އެކެޑަމީ އިން ހުޅުވާލައިފިއެވެ. ދިވެހި ބަހުގެ އެކެ...

04 Jan 2024 | 11:05

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު  ދިވެހި ބަހުގެ އެކެޑަމީ އިން ހުޅުވާލައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީ އިން ބުނީ މި މުބާރާތް ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުމުގެ ބައެވެ.

އެ އެކެޑަމީ އިން ބުނީ މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި ފޯމު ފުރިހަމަކުރުމަށް ފަހު 1 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށް އެކެޑަމީ އިން މައުލޫމާތުދެއެވެ.

އެކެޑަމީ އިން ބުނީ މި މުބާރާތް ބޭއްވުމަށް ތާވާލުކުރެވިފައިވަނީ 10 ފެބްރުވަރީ 2024 އިން ފެށިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް