ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އާބަންކޯ އާއި މިނިސްޓްރީ އޮފް ފައިނޭންސް އަދި މާލެ ސިޓީ ކައުންސިލުން ސޮއިކޮށްފިއެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އާބަންކޯއިން ދެމުންގެންދިޔަ ހުޅުމާލޭގެ އެންމެހާ މުނިސިޕަލް ހިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެނެވިގޮތަށް މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ވަނީ ބަދަލުކުރެވިފައެވެ.
ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް