ގޯތި އަދި ފްލެޓް ރަޖިސްޓްރީ ހަވާލުކުރަން ފަށައިފި

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ރަޖިސްޓްރީ ނުލިބޭ މީހުންގެ ރަޖިސްޓްރީ ހަވާލުކުރުން މިނިސ...

04 Jan 2024 | 10:00

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ރަޖިސްޓްރީ ނުލިބޭ މީހުންގެ ރަޖިސްޓްރީ ހަވާލުކުރުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޟިރުވާނެ ތާރީޚާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.

މީގެ އިތުރުން މިހާތަނަށް ޙަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާޙްކުރެވޭނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބިމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މި މަހުގެ 2 ވަނަ ދުވަހު އެވެ.

ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ ގޯއްޗާއި ފްލެޓް ހަވާލުކުރުމަކީ ރައީސް ޑރ މުޢިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކުރިއަށްދާނެ ކަމެއް ކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް