ހޯރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހު 30 ވަނަ ދުވަހު ހޯރަ...

04 Jan 2024 | 09:18

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހު 30 ވަނަ ދުވަހު ހޯރަފުށީގައި ހިންގި އެ އޮޕަރޭޝަނަކީ އައު އަހަރާއި ދިމާކޮށް ކުށްކުރާ ފަރާތްތަކަށް ކުށްކުރުމުގެ ފުރުސަތު ނުދިނުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތައް ބަލައި  ފާސްކުރުމާއި ތުހުމަތުކުރެވޭ މީހުން ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން މަސްތުވާތަކެއްޗަށް ތުހުމަތުކުރެވިގެން 11 މީހަކު ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އްޔަރުކޮށްފައިވަނީ 39 އަހަރާއި 34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 33 އަހަރުގެ ސްރީލަންކާގެ ފިރިހެނެއް ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބިޑިއަކާއި ސެލޯފިންކޮޅެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 33 އަހަރުގެ މީހާ އަށް ހަތަރު ދުވަސް ދީފައިވާއިރު 34 އަހަރުގެ މީހާ އަށް 7 ދުވަސް ދީފައިވެއެވެ. އަދި 39 އަހަރުގެ މީހާ ވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް