އެމަނިކުފާނަކީ އެއްވެސް މީހެއްގެ އަޅެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި މިރޭ ބޭއްވި ޖަލްސާގއި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ނުކުންނެވީ އެމްޑީޕީއާއެކު ކުރިއަށް ވަޑައިގަތުމަށް ކަމަށާއި، އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް ކަމަށެވެ. މާތް ﷲ ފިޔވާ އެހެން މީހެއްގެ އަޅަކަށް ނުވާނެ ކަމަށް ރޭގެ ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވޯޓާއި ރައްޔިތުންގެ ތާއީދު ހޯދާނެ ގޮތް އެނގިވަޑައިގެންނަވާ ކަމަށެވެ. އެއީ ހަ އިންތިހާބެއްގައި ވާދަ ކުރައްވާ ކާމިޔާބު ކުރެއްވިފައިވާތީ ކަމަށާއި އެމްޑީޕީގެ ޮްރައިމަރީންވެސް ފުރިހަމަ ކާމިޔާބެއް ހޯދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ހުރިހާ ކަމެއްވެސް ނިންމަވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ. ހުރިހާ ކަމެއްވެސް ނިންމަވާނީ މަޝްވަރާގެ ދަށުން، އެންމެންގެ ވާހަކަވެސް އަޑުއައްސަވައިގެންކަން ރައީސް ސާލިޙު ފާހަގަ ކުރެއްވިއެވެ.
އަދި 2013 ވަނަ އަހަރު އެމްޑީޕީއަށް ލިބުނު ވޯޓާއެކުވެސް އިންތިޚާބު ކާމިޔާބު ނުކުރެވުނީ ކޯލިޝަން ރަނގަޅު ބައިވެރިން ނެތުމުން ކަމަށާއި، މިއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
އަދިވެސް އެމްޑީޕީއަކީ އެންމެ ގިނަވޯޓު ނަގާ، އެންމެ ބޮޑު ޕާޓީ ކަމަށާއި، ނަމަވެސް މައިނޯރިޓީއަށްވެސް ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުގެ މަތިން ކުދި ޕާޓީތަކުގެ ރައްޔިތުންގެ ވިސްނުންވެސް ބަލަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް