އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިނަށް ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް މުޒާހަރާ ކޮށްފި އެވެ.
ނަޝީދު ވަނީ ކެމްޕެއިން ހަރަކާތެއް ބާއްވަވައި ހަވީރު ސައެއް ހިޔާ ސަރަހައްދުގައި ދެއްވާފައި އެވެ. އަދި ބައެއް ޓަވަރުތަކުގެ އެޕާޓްމެންޓުތަކަށް ވަޑައިގެން އެމްޑީޕީިގެ މެމްބަރުންނާއި ބައްދަލު ކުރައްވާ، އެ ސަރަހައްދުގައި ޖަލްސާއެއްވެސް ބޭއްވެވި އެވެ.
ޖަލްސާ އާއި ސައި ކުރިޔަށް ދިޔަ ގަޑީގައި އެ ސަރަހައްދުގައި ގިނަ ބަޔަކު ވަނީ ނަޝީދާއި ދެކޮޅަށް އަޑުގަަދ ކުރާ އާއި ޕޯސްޓަރުތައް ހިފައިގެން އަޑު އުފުލާފައި އެވެ. އެމީހުން ހުއްޓުވަން ފުލުހުންވެސް ހަރަކާތްތެރިވެފައިވެ އެވެ.
އެމީހުން ޕޯސްޓަރުތަކުގައި ބުނެފައިވަނީ "ސޮރީ އަންނި" ކަމަށާއި އެދުވަހު ހިޔާގެ ރައްޔިތުން ނުފެނުނު ކަމަށެވެ. މިއީ އެ ކޮތަރުކޮށި ކަމަށާއި މިހާރު އެތަން ގަނޑުވަރަކަށް ވީތޯ ބައެއް މީހުން ގެންގުޅުނު ޕޯސްޓަރުތަކުގައި ސުވާލުކޮށްފައިވެ އެވެ.
އަދި ވެރިކަން ލިބުމުން އޯކޭވީތޯވެސް ޕޯސްޓަރުތަކުގައި ލިޔެފައިވެ އެވެ.
މުޒާހަރާ ކުރި ނަމަވެސް ނަޝީދަށް ތާއީދު ކުރާ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެފައިވެސް އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް