ނިޒާމްގެ ބަންދަށް 60 ދުވަސް ޖަހައިފި

ތެޔޮ ބޯތުުގެ ކެޕްޓަން މުހައްމަދު ނިޒާމްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ28 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މާލޭ ގެސްޓު ހައުސްއަކުން ފެނުމު...

04 Jan 2023 | 10:51

ތެޔޮ ބޯތުުގެ ކެޕްޓަން މުހައްމަދު ނިޒާމްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ މަހުގެ28 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މާލޭ ގެސްޓު ހައުސްއަކުން ފެނުމުންނެވެ. އޭނާ ހޯދީ ބިދޭސީ އަކާއި ދެމީހުން ހަވާލުވެގެން ތިބޭ ތެޔޮ ބޯޓެއް ގެއްލުނު މައްސަލައިގަ އެވެ.

ތެޔޮ ބޯޓު ހުޅުލޭ ފަޅު ކައިރިން އޮޔާ ދަނިކޮށް މިމަހުގެ އެއް ވަނަ ދުވަހު ފެނިފައި ވެ އެވެ. އެކަމަކު އަދިވެސް ބިދޭސީ މީހާ އާއި ގުޅޭ ހަބަރެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިޒާމް ހައްޔަރު ކުރީ އޭނާ ފެނުމުން ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން ކަމަށެވެ. ފުލުހުން އޭނާއަށް ތުހުމަތު ކުރަނީ މީހެއްގެ މަރެއްގައި ބައިވެރިވާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގަ މިއަދު ކޯޓަށް ހާޒިރު ކުރުމުން 60 ދުވަހު ބަންދުުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ހުއްދަ ދީފައިވެ އެވެ. އިތުރު ތަފްސީލް ފުލުހުން އަދި ހާމަ ނުކުރާއިރު ކްރިމިނަލް ކޯޓުގަައި މުއްދަތު ޝަރީއަތްވެސް ކުރިޔަށް ގެންދިޔައީ ފުލުހުން އެދިގެން ސިއްރުންނެވެ.

ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ ނިޒާމުގެ އިތުރުން ބަންގްލަދޭޝްގެ އުމުރުން 35 އަހަރުގެ މުހައްމަދު ލިޓަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް