ރާއްޖެ އާއި އިންޑިއާ އިއާދަކުރަނިވި ހަކަތައިގެ ގްރިޑަކުން ގުޅާލުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ބަލައިފި

ރާއްޖެ އާއި އިންޑިއާ އިއާދަކުރަނިވި ހަކަތައިގެ ގްރިޑަކުން ގުޅާލުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ބެލުމަށްޓަކައި ޓެކްނިކަލް މަސައްކަތްތައް އިންޑިއާގެ ޕަވާ މިނިސްޓްރީގެ ޓީމަކުން ރާއްޖެ އައިސް ބަލައިފި...

04 Jan 2023 | 10:16

ރާއްޖެ އާއި އިންޑިއާ އިއާދަކުރަނިވި ހަކަތައިގެ ގްރިޑަކުން ގުޅާލުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ބެލުމަށްޓަކައި ޓެކްނިކަލް މަސައްކަތްތައް އިންޑިއާގެ ޕަވާ މިނިސްޓްރީގެ ޓީމަކުން ރާއްޖެ އައިސް ބަލައިފިއެވެ.

އިންޑިއާގެ ޕަވާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިންޑިއާ އިއާދަކުރަނިވި ހަކަތައިގެ ގްރިޑަކުން ގުޅާލުމަށް ފުރިހަމަ ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް ބެލުމަށް އިންޑިއާގެ ޓީމެއް މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އިންޑިއާގެ ޕަވާ މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން އެ ޤައުމުން ބަލާފައި ވަނީ ލަކްޝަދީބުގެ ރަށްތަކުގެ ތެރެއިން ގޮސް ރާއްޖެއާ ގްރިޑު ގުޅާލުމަށް ކުރަން ޖެހޭ ކަންކަމެވެ.

މިގޮތުން އެ ބަޔާނުގައި ބުނީ އިންޑިއާގެ ޓީމެއް ރާއްޖެ އަށް ގޮސް ޓެކްނިކަލް ކަންކަން ބެލުމަށް ފަހު، ދެ ޤައުމުގެ އިދާރާތައް ގުޅިގެން ކަނޑުއަޑީގައި ކޭބަލް އަޅާނެ ގޮތާއި މާލޭގެ ނެޓްވޯކަށް ބަދަލުގެންނާނެ ގޮތާ ބެހޭގޮތުން ތަފްސީލީ ޕްރޮޖެކްޓް ރިޕޯޓެއް އެކުލަވާލާނެ ކަމަށެވެ.

މި މަސައްކަތް ކުރުމަށް އިންޑިއާގެ ޕަވާ މިނިސްޓްރީން އެކުލަވާލި ޓާސްކްފޯސްއިން ކުރި މަޝްވަރާ އަށް ފަހު ނިންމާފައި ވަނީ އެންމެ ފުރަތަމަ މަރުހަލާގައި ރާއްޖެ، ސްރީލަންކާ އަދި މިޔަންމާ ގުޅާލުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް