ރައީސްގެ ކެމްޕެއިން ޖަލްސާ އޮންނަ ސަރަހައްދުގައި އިދިކޮޅުން މިރޭ މުޒާހަރާ ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނަވާ އެމްޑީޕީގެ ކެމްޕެއިން ޖަލްސާ ބާއްވާ ސަރަހައްދުގައި އިދިކޮޅުން މުޒާހަރާ ކުރަން ނިންމައިފި އެވެ. ރައީސްގެ ކެމްޕެއިން ޖަލްސާ އޮންނާނީ މިރޭ 9:0...

04 Jan 2023 | 10:10

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނަވާ އެމްޑީޕީގެ ކެމްޕެއިން ޖަލްސާ ބާއްވާ ސަރަހައްދުގައި އިދިކޮޅުން މުޒާހަރާ ކުރަން ނިންމައިފި އެވެ.

ރައީސްގެ ކެމްޕެއިން ޖަލްސާ އޮންނާނީ މިރޭ 9:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގޭގައި އެވެ. މިއީ ރައީސް ބައިވެރިވެ ވަޑައިގެންނަވާ ފުރަތަމަ ހަރަކާތެވެ.

އިދިކޮޅު ޕީޕީިއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިދިކޮޅުގެ އެއްވުން އޮންނާނީ އާޓިފިޝަލް ބީޗުގައި ކަމަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ކުރި ހަރާން ހުކުމާއި ދެކޮޅަށް ބާއްވާ އެއްވުމެއް ކަމަށް ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މި ހަރަކާތަކީ ދުރާލާ ރާވައިގެން އިންތިޒާމް ކޮށްގެން ބާއްވަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން އެތަނުގައި ހަރަކާތް ބާއްވަން ނަގަން ޖެހޭ ހުއްދަ ދުރާލާ މާލޭ ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށެވެ.

އިދިކޮޅުން އެއްވުން ފަށަން ނިންމާފައިވަނީ މިރޭ 8:45 ގައި އެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން ވަނީ ޔާމީން މިިނިވަން ކުރަންދެން ސިލްސިލާކޮށް މުޒާހަރާ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް