ޕްރައިމަރީގައި ރައީސް ސޯލިހުގެ ތަރުޖަމާނަށް މާރިޔާ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އައްޔަން ކޮށްފި އެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވ...

04 Jan 2023 | 09:51

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އައްޔަން ކޮށްފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސްގެ ތަރުޖަމާނަކަށް މާރިޔާ ހަމަޖެއްސެވިކަން ހާމަ ކުރެއްވީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. އޭނާ ވިދާޅުވީ ކެމްޕެއިން ހަރަކާތްތަކާއި ބެހޭ މައުލޫމާތު މީޑިއާއަށް ހާމަ ކުރައްވާނީ މާރިޔާ ކަމަށެވެ.

ރައީސް ސޯލިހު މިފަހަރުގެ ކެމްޕެއިންގައި ބޭނުން ކުރައްވަމުން ގެންދަވަނީ "އެމްޑީޕީ ކުރިޔަށް" އެވެ.

ޕްރައިމަރީގެ ކެމްޕެއިން ފޯރި ގަދަވަމުން ދާއިރު އެމަނިކުފާނު ކެމްޕެއިން ހަރަކާތެއްގައި މިރޭ ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންނަވާނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް