ކަރަންޓު ހަރަދު ކުޑަކުރަން ޕާކިސްތާނުގައި ފިހާރަތަކާއި މޯލްތައް އަވަހަށް ބަންދު ކުރަން އަންގައިފި

ހަކަތައަށް ކުރަން ޖެހޭ ޙަރަދު ކުޑަކުރުމަށްޓަކައި މޯލްތަކާއި ފިހާރަތަށް ރޭގަނޑު އަވަހަށް ބަންދު ކުރަން ޕާކިސްތާނުގެ ސަރުކާރުން އަންގައިފިއެވެ. މިއީ އިގްތިސޯދު އަޑިއަޅާލާފައިވާ އެޤައުމުގެ ހަކަތަ ރައްކާތ...

04 Jan 2023 | 07:46

ހަކަތައަށް ކުރަން ޖެހޭ ޙަރަދު ކުޑަކުރުމަށްޓަކައި މޯލްތަކާއި ފިހާރަތަށް ރޭގަނޑު އަވަހަށް ބަންދު ކުރަން ޕާކިސްތާނުގެ ސަރުކާރުން އަންގައިފިއެވެ.

މިއީ އިގްތިސޯދު އަޑިއަޅާލާފައިވާ އެޤައުމުގެ ހަކަތަ ރައްކާތެރިކުރުމުގެ ޕްލޭނެއްގެ ދަށުން ޕާކިސްތާނުގެ ޑިފެންސް މިނިސްޓްރީގެ ނިންމުމެކެވެ.

މި ނިންމުމާއި އެއްގޮތަށް އަމަލު ކުރުމަށް ރޭގަނޑު 8:30 ގައި އެންމެ ލަސްވެގެން ފިހާރަތަކާއި މޯލްތައް ބަންދުކުރަން ޖެހެ އެވެ. އަދި ކައިވެނި ހަފްލާތައް ރޭގަނޑު 10:00 ގެ ކުރިން ނިންމާލަން ޖެހެ އެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންވެސް 30 ޕަސެންޓު ކަރަންޓު ބޭނުން ކުރާ ވަރު ދަށްކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އަންގަވާފައިވެ އެވެ.

ޕާކިސްތާނު މިހާރު އޮތް ހާލަތުގައި ހަރަދުތައް ކިރިޔާވެސް ފޫބެއްދެނީ ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ގައުމުތަކުން ދޭ އެހީތަކާއި ލޯނުންނެވެ. ޕާކިސްތާނުގައި އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ހަކަތަ ފޯރުކޮށް ދިނުމަށް ކަމުގައިވެއެވެ.

ޕާކިސްތާނުގެ ކެބިނެޓްގެ މެމްބަރުންގެ ރުހުން ލިބިފައިވާ މި ނިންމުމުގެ ސަބަބުން އެގައުމުގައި ހަކަތައަށް ކުރާ ހޭދައިން 62 ބިލިއަން ޕާކިސްތާން ރުޕީސް ސަލާމަތް ކުރެވޭނެ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް