ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަޤަބު އީލޮން މަސްކަށް ގެއްލިއްޖެ!

ސޯޝަލް މީޑިއާ ފާމަކަށް އީލޮން މަސްކު ބެޓުުކުރި 44 ބިލިއަން ޔޫއެސް ޑޮލަރުގެ ގެއްލުމާއިއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަޤަބުން އޭނާއަށް ގެއްލިއްޖެ އެވެ.. ޓުވިޓާގެ މިހާރުގެ ސީއީއޯ އީލޮން އަކީ ދުނި...

04 Jan 2023 | 06:57

ސޯޝަލް މީޑިއާ ފާމަކަށް އީލޮން މަސްކު ބެޓުުކުރި 44 ބިލިއަން ޔޫއެސް ޑޮލަރުގެ ގެއްލުމާއިއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަޤަބުން އޭނާއަށް ގެއްލިއްޖެ އެވެ..

ޓުވިޓާގެ މިހާރުގެ ސީއީއޯ އީލޮން އަކީ ދުނިޔެއަށް ނަން މަޝްހޫރު ކާރު ކުންފުނި ކަމުގައިވާ ޓެސްލާ އަދި ސްޕޭސް އެކްސްގެވެސް ފައުންޑަރ އަދި ސީއީއޯއެވެ.

ދުނިޔޭގެ ބިލިއަނަރންގެ ލިސްޓުގެ ދެވަނައަށް 136.9 ބިލިއަން ޑޮލަރުގެ ނެޓް ވާރތާއިއެކު އިލޯން ވެއްޓިގައިވާއިރު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފުގެ ވެރިޔަކީ 181.1 ބިލިއަން ޑޮލަރުގެ ލުއީ ވުޓޯންގެ ވެރިޔާ ބަރނަލްޑް އާރނަލްޓު އަދި އޭނާގެ އާއިލާއެވެ.

އާރނަލްޓު އަކީ ދުނިޔޭގެ އެންމެ މަޝްހޫރު ލަގްޒަރީ ބްރޭންޑްތައް ކަމުގައިވާ ލުއީވުޓޯން، ޓިފަނީ، ސެލީން އަދި ޓެގް ހޫއެރ ހިންގާ ފަރާތެވެ.

ބިލިއަނަރުންގެ ލިސްޓު ބަރާބަރަށް އެއްކުރާ ފޯބްސް އަދި ބުލޫމްބަރގްގައިވާ ގޮތުން އެމޭޒަންގެ ފައުންޑަރ ޖެފް ބޭޒޯގެ މަގާމަށް އިލޯން މަސްކު ކުރި ހޯދާ ދުނިޔޭގެ އެންމެމުއްސަނދި މީހާގެ ޝަރަފަށް އައިސްފައިވަނީ 2021 ގައެވެ.

ތާރީހުގައިވެސް 200 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ފުރަތަމަ  ފަރާތަކަށްވެފައިވަނީވެސް އިލޯން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް