ދޯންޏަކުން އެންދަމަން ފޭބިި މީހަކު މަރުވެފައި އޮއްވަ ފެނިއްޖެ

ގއ. ދެއްވަދޫއިން މަހަށް ނުކުތް ދޯންޏަކުން އެންދަމަށް މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދު ހެނދުނު 8:30 ހާއިރ...

04 Jan 2023 | 06:44

ގއ. ދެއްވަދޫއިން މަހަށް ނުކުތް ދޯންޏަކުން އެންދަމަށް މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ. ރިޕޯޓު ކުރީ އެންދަމަން ފޭބި ގޮތަށް އެމީހާގެ ހަބަރެއް ނުވެ، ގެއްލިފައިވާ ކަމަށް ބުނެ އެވެ.

މި ހާދިސާގައި މަރުވީ 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފެނުނީ ދެއްވަދޫ އާއި މޭލެއްހާ ބޭރުން ކަނޑުމަތިން ކަމަށެވެ. އެކަމަކު ފެނުނީ ކޮން ބަޔަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ އެހީތެރިކަމާއި އެކު އެމީހާ ކަނޑުމަތިން ނަގައިގެން ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް އެ މަރުކަޒާއި ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް