އިނގިރޭސި ޝާހީ އާއިލާއިން ޕްރިންސް އެންޑްރޫ ބޭރުކޮށްފި

އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން ޕްރިންސް އެންޑްރޫ ބޭރުކޮށްފި އެވެ. ޕްރިންސް އެންޑްރޫއަކީ އަވަހާރަވެފައިވާ އެގައުމުގެ ކުރީގެ ރާނީ އެލިޒަބަތް ދޭއްގެ ތިން ވަނަ ބޭފުޅާއެވެ. އަދި ފިރިހެން ދެވަނަ ބޭފުޅާ އ...

04 Jan 2023 | 05:50

އިނގިރޭސިވިލާތުގެ ޝާހީ އާއިލާއިން ޕްރިންސް އެންޑްރޫ ބޭރުކޮށްފި އެވެ.

ޕްރިންސް އެންޑްރޫއަކީ އަވަހާރަވެފައިވާ އެގައުމުގެ ކުރީގެ ރާނީ އެލިޒަބަތް ދޭއްގެ ތިން ވަނަ ބޭފުޅާއެވެ. އަދި ފިރިހެން ދެވަނަ ބޭފުޅާ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕްރިންސް އެންޑްރޫ ޝާހީ ޒިންމާތަކައި ގަނޑުވަރުން ބޭރު ކުރަން މިހާރުގެ ކިންގް ޗާލްސް ތިނެއް ނިންމެވީ އޭނާގެ ބޮލުގައި އެޅިފައިވާ ޖިންސީ ގޯނާގެ ތުހުމަތާއި އެކު އެވެ. މި މައްސަލަ މިދިޔަ އަހަރު ފެބްރުއަރީ މަހު ކޯޓުން ބޭރުގައި ފައިސާ ދޭގޮތަށް ނިންމާލާފައި ވީނަމަވެސް އެންޑްރޫގެ ނަން އޮތީ ވަރަށް ބޮޑަށް ކިލަނބުވެފައި އެވެ.

އެމެރިކާގެ އަންހެނަކު ޕްރިންސް އެންޑްރޫއަށް ކުރި އެ ދައުވާއަށް ފެށުނީންސުރެ އޭނާ ދިޔައީ އިންކާރު ކުރަމުންނެވެ. އެކަމަކު ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ހުށަހަޅައި އެގޮތަށް ނިމުމުން އޭނާއަށް ކުރެވުނު ތުހުމަތު ޔަގީނަށް ބަދަލުވެ، އިނގިރޭސި ރައްޔިތުންގެ ނުރުހުން ދިޔައީ އަމާޒުވަމުންނެވެ.

މި މައްސަލައިގަ ކިންގް ޗާލްސް ވަނީ ޝާހީ އާއިލާގެ މެމްބަރުންނާއި ކައުންސެލާސް އޯއެސް ސްޓޭޓް ގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި އެންޑްރޫ ޝާހީ ޒިންމާތަކުން އެކަހެރިކޮށްފައިވާކަން އިއުލާނު ކުރައްވާފައި އެވެ. އަދި ޝާހީ އާއިލާގެ ނަމުގައި އެއްވެސް ރަސްމިއްޔާތެއްގައި ބައިވެރިވުމާއި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސް ބޭނުން ކުރުން އެންޑްރޫއަށް ވަނީ މަނާކޮށްފައި އެވެ.

ޝާހީ ގަނޑުވަރުގެ ވަޒީފާގައި އިސްކޮށް އުޅުއްވާ ބޭފުޅަކު މީޑިއާގައި ވިދާޅުވީ އަސްކަރީ ލަގަބާއި ޝާހީ އާއިލާގެ މެމްބަރަކަށް ވުމުން ލިބޭ ސެކިއުރިޓީވެސް ޕްރިންސް އެންޑްރޫއަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

މިހާރު އޭނާއަށް ޝާހީ އާއިލާއިން ލިބިފައި އޮތް ހަމަ އެކަނި އެއްޗަކީ 31 ކޮޓަރީގެ ގަނޑުވަރެއް ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ. އެތަނުގައި ދިރިއުޅުމުގެ ފުރުސަތު އޮތުމުގެ އިތުރުން ހުރިހާ ބާރާއި މަގާމެއް ވަނީ އަތުލާފައި އެވެ.

ރާނީ އެލިޒަބަތް ދޭއް އަވަހާރަވި ފަހުން އާންމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އިތުރުވުމުން އެންޑްރޫ ދިރިއުޅުއްވުން ވަރަށް ބޮޑަށް ސިއްރު ކުރި އެވެ. އޭގެ ފަހުން އޭނާ އާންމުންގެ ތެރެއިންވެސް ފެނިފައިވަނީ އެންމެ ފަހަރަކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް