ފަޅުތެރެ ސާފުކޮށްފި، 15 ފީފާގެ ތެޔޮ ނެގުނު: އެމްއެންޑީއެފް

މާލޭ އެއް ނަމްބަރު ފާލަން ކައިރީ ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮތައް ނަގައި އެއްކޮށް ސާފުކޮށް ނިންމާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެ ތެޔޮތައް ޖަމާވެފައި ހުއްޓަ ފެނުނީ މިމަހުގެ އެއް ވަ...

04 Jan 2023 | 05:22

މާލޭ އެއް ނަމްބަރު ފާލަން ކައިރީ ފަޅުތެރެއަށް އެޅިފައިވާ ކަޅުތެޔޮތައް ނަގައި އެއްކޮށް ސާފުކޮށް ނިންމާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ތެޔޮތައް ޖަމާވެފައި ހުއްޓަ ފެނުނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އެމްއެންޑީއެފުން ތެޔޮތައް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު ތިން ނަމްބަރު ޖެޓީ އާއި ހަމައަށް ތެޔޮތައް ފެތުރިފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ތިން ދުވަހުގެ މަސައްކަތުން އިއްޔެ ހުރިހާ ތެޔޮތައް ނަގައި ފަޅު ތެރެ ސާފުކޮށްފައިވާ ކަމަށެވެ. އިއްޔެ އެ ސަރަހައްދުން 300 ލީޓަރެއްހާ ތެޔޮ ނަގާފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ މުޅި ސަރަހައްދަށް ހާހެއްހާ ލީޓަރުގެ ތެޔޮ ޖަމާވެފައިވާ ކަމަށެވެ. އަދި ހުރިހާ ތެޔޮތައް ނަގައި ފީފާތަކަށް އެޅުމުން 15 ފީފާގެ ތެޔޮ ހުރި ކަމަށް މައުލޫމާތުދެ އެވެ.

އެމްއެންޑީއެފަށް މި މަސައްކަތް ކުރެވިފައިވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިތްހަމަ ޖެހޭ ގޮތަށެވެ. އީޕީއޭއިން ވަނީ ފަޅުތެރެ ސާފުކޮށް، ތެޔޮތައް ނަގައި ހުސްކޮށްފައިވާ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް