އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބައިވެރިވެ ވަޑައިގެންނަވަން ފައްޓަން ހަމަޖެހިއްޖެ އެވެ.
ޕްރައިމަރީގައި އެމަނިކުފާނާއި ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި އިންތިހާބު އޮންނާނީ މިމަހުގެ28 ވަނަ ދުވަހު އެވެ.
ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ފޯރި ގަދަވަމުންދާއިރު ރައީސް ސޯލިހުގެ ޓީމުން ބުނީ އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނަވާ ޖަލްސާ އޮންނާނީ މިރޭ އެމްޑީޕީ ހަރުގޭގައި ކަމަށެވެ. އެ ޖަލްސާ ފެށޭނީ މިރޭ9:00 ގައި އެވެ.
މި ޖަލްސާއަށް ވީހާވެސް ގިނަ އެމްޑިޕީގެ މެމްބަރުން ދިއުމަށް ދައުވަތު އަރުވާފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިޔަށް އޮތް ދުވަސް ތަކުގައި ކެމްޕެއިނަށް ރައީސް ސޯލިހު އަތޮޅު ތެރެއަށް ދަތުރު ކުރައްވާނެ އެވެ.
އެގޮތުން އެންމެ ފުރަތަމަ ވަޑައިގެންނަވާނީ ލ. އަތޮޅަށް ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ފަހުން ތ. އަތޮޅަށް ވަޑައިގެންނަވަން ހަމަޖެހިފައިވެ އެވެ.
އަމަލީ ގޮތުން ކެމްޕެއިންގައި ރައީސް ސޯލިހު ބައިވެރިވެވަޑައި ގެންނަވަން ފައްޓަވާއިރު އެމަނިކުފާނު ކެމްޕެއިން ހަރަކާތްތަކުން ނުފެންނާނީ ރައީސް ނަޝީދު ގެންދަވަނީ ޖޯކު ޖައްސަވައި ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ނަޝީދު ފިޔަވާ ދެން ހުންނެވީ ޣައިރު ހާޒިރުގައި ކެމްޕެއިން ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ނަޝިދު އިއްުޔެ ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައި އެވެ. އަދި މިއަދު ހުޅުމާލޭ ފޭސް ދޭއްގައި ކެމްޕެއިން ހަރަކާތެއް އޮންނާނެ ކަމަށް މައުލުމާތު ލިބެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގެ ތެރެއިން އެންމެ ފޯރި ގަދަ އިންތިހާބަކަށް ވާނީ މި އިންތިހާބެވެ. މި އިންތިހާބުގައި އެމްޑީޕީގެ57،000 މީހުންނަށް ވޯޓު ލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް