ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ވަރުގަދަ މުޒާހަރާއެއް ކުރަން ތައްޔާރުވެއްޖެ އެވެ.
މި މުޒާހަރާ އަކީ އެ ގައުމުގެ އިންފްލޭޝަން ރޭޓު މަތިވެ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ ކުރަން ނިންމި މުޒާހަރާއެކެވެ. މުޒާހަރާއަށް ދީފައިވަނީ މަގުސަދައި ގުޅުވައި "މެހެންގައި މާޗް" އެވެ.
މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. މިދިޔަ ނޮވެމްބަރު މަހު ބާއްވާކަން އިއުލާނު ކުރި މި މުޒާހަރާގައި ބައިވެރިވާނެ ކަން ގާތްގަނޑަކަށް ހުރިހާ ސިޔާސީ ޕާޓީތަކުން ވަނީ އިއުލާނު ކޮށްފަ އެވެ.
މުޒާހަރާގައި ބައިވެރި ނުވާނީ އިމްރާން ހާން ނިސްބަތްވާ ސިޔާސީ ޕާޓީ ކަމަށްވާ ޕާކިސްތާން ތެރެހޭކީ އިންސާފެވެ. މި މުޒާހަރާގައި ބައިވެރިވާ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަން އަކީ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމެންޓެވެ.
މު މުޒާހަރާ ބާއްވަން ތައްޔާރުވަމުން މިދަނީ ކުރިޔަށް އެ ގައުމުގެ އާންމު އިންތިހާބު އޮއްވަ އެވެ. އެކަމާއި ގުޅިގެން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ވެރިޔާ މައުލާނާ ފަޒްލުރް ރަހްމާން ބުނީ އިންތިހާބު ބޯމަތީގައި އޮތަސް ޝެޑިއުލާއި އެއްގޮތަށް މުޒާހަރާ ކުރިޔަށްދާނެ ކަމަށާއި މުޒާހަރާ ބާއްވާއި އިންތިހާބުން އިމްރާން ހާންގެ ޕާޓީވެސް ބަލި ކުރާނެ ކަމަށެވެ.
އޭނާ މިހެން ބުނެފައިވަނީ އެންމެ ފަހުން ބޭއްވި ޕިޝާވަރުގެ މޭޔަރު ހޮވުމުގެ އިންތިހާބުގައި ޕާކިސްތާން ތެރެހޭކީ އިންސާފު، އެ ޕާޓީން ބަލިކޮށްފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް