ނަޝީދާއި ދެކޮޅަށް ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ޖަމިއްޔަތުލް އިއްތިހާދުން ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި އެވެ. އެ އިއްތިހާދުން ފުލުހުންނަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަ...

04 Jan 2022 | 15:22

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ޖަމިއްޔަތުލް އިއްތިހާދުން ހުށަހެޅި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި އެވެ.

އެ އިއްތިހާދުން ފުލުހުންނަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ނަޝީދު ނަސޯރާ ދީނުގައި ފާހަގަ ކުރާ ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ކިޔާފައިވާ ކަމަށާއި ނަޝިދު ޣައިރު ދީންތަކުގެ ޝިއާރު ފާޅު ކުރާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ މިދިޔަ އަހަރުވެސް މި މައްސަލަ ހުށަހެޅި ކަމަށާއި އަލުން މައްސަލަ ހުށަހަޅަނީ އެފަހަރު ނުބެލުމުން ކަމަށެވެ.

މި މައްސަލައިގަ ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ޖަމިއްޔަތުލް އިއްތިހާދުގެ ނަމުގައި ހުށަހަަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ އެސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން މިހިދުމަތުގެ ފަރާތުން ތަހުގީގެއް ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ސިޓީގެ ޖަވާބު ފުލުހުންގެ އިދާރާއިން ޖަމިއްޔަތުލް އިއްތިހާދަށް ނުފޮނުވާނެ ކަމަށް ފުލުހުން ބުނެ އެވެ. އެއީ އެ ޖަމިއްޔާއަކީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީކުރެވިގެން ހިންގާ ގާނޫނީ ސަހުސަކުންކަމުގައި ނުވާތީ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އިސްލާމްދީނާއި ހިލާފަށް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ އެ އިދާރާއިން ވަރަށް އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައިވެސް ތަހުގީގުކުރާނެ މައްސަލަތަކެެއްކަމަށެވެ. އެކަމަކު އެސިޓީގައި ފާހަގަކޮށްފައިވަނީ މިފަދަ ކަމެއްގެ މައުލޫމާތެއް ނޫންކަންވެސް ފާހަގަކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް