ތޮއްޑޫ ކައުންސިލުން ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ޤަވާއިދު ކިޔައިދޭން ފަށައިފި

ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ޤަވާއިދު ކިޔައި ދިނުމަށް އއ. ތޮއްޑޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ހިންގާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް ޓޫރިސްޓުންނަށް ފެންނަން ހުންނާނެހެން ނޯޓިސް ހަރުކުރުމ...

04 Jan 2022 | 14:44

ޓޫރިސްޓުންނަށް ހެދުން އެޅުމުގެ ޤަވާއިދު ކިޔައި ދިނުމަށް އއ. ތޮއްޑޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ހިންގާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް ޓޫރިސްޓުންނަށް ފެންނަން ހުންނާނެހެން ނޯޓިސް ހަރުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ޓޫރިސްޓުން ހެދުން އެޅުމުގެ ގަވާއިދު ފެންނާނެ ފަދަ ނޯޓިސް ގެސްޓް ހައުސްތަކުގެ ތެރޭގައި ޓޫރިސްޓުންނަށް ފެންނާނެހެން ހަރުކޮށް ނިމިފައިވާކަމަށް އެ  ކައުންސިލުން ހާމަކުރެއެވެ.

މީގެ އިތުރުން، މާދަމާ ރަށުގެ އާއްމު ތަންތާންގައި އިތުރު ޕޯސްޓަރުތައް ހަރުކުރާނެކަމަށް ވެސް އެކައުންސިލުން ބުނެއެވެ.

ތޮއްޑޫ ކައުންސިލުން ހާމަކުރާ ގޮތުގައި ޓޫރިސްޓުންނާއި ގެސްޓު ހައުސްތައް ހިންގުމާއި ގުޅޭ އިތުރު ޤަވާއިދުތައް ތަންފީޒުކުުރުވައި މޮނިޓަަރ ކުރުމަށް އެކަމަށް ހާއްސަ މުއައްޒަފެއް މި މަސް ނިމުމުގެ ކުރިން އެކައުސިލުން ނަގާނެއެވެ.

ތޮއްޑޫ އަކީ ގެސްޓް ހައުސް ވިޔަފާރީގައި ފާހަަގަ ކޮށްލެވޭ ރަށެކެވެ. އެގޮތުން، އެ ރަށުގައި މިހާރުވެސް 43 ގެސްޓް ހައުސް ހިންގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް