ގެއްލުނު ދޯނީގެ ބައިތައް ފެންނަން ފަށައިފި، މީހުންގެ ހިލަމެއް ނުވޭ

ގެއްލިގެން ހޯދަމުންދާ އަލަމާ-5 ނަމަކަށް ކިޔާ ދޯނީގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހިތައް އޮޔާ ދަނިކޮށް ފެންނަން ފަށައިފި އެވެ. މި ދޯނި އަޑިއަށްދާ ކަމަށް ބުނެ އެމްއެންޑިއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ ރޭ ...

04 Jan 2022 | 10:03

ގެއްލިގެން ހޯދަމުންދާ އަލަމާ-5 ނަމަކަށް ކިޔާ ދޯނީގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހިތައް އޮޔާ ދަނިކޮށް ފެންނަން ފަށައިފި އެވެ.

މި ދޯނި އަޑިއަށްދާ ކަމަށް ބުނެ އެމްއެންޑިއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ ރޭ 11:22 ގައި އެވެ. ދޯނި އަޑިއަށް ދިޔަ އިރު އޭގައި ދިވެއްސަކާއި ދެ ބިދޭސީން ތިއްބެވެ.

މިހާތަނަށް އެމީހުންގެ ހިލަމެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ ދޯނިން އޮޔާދާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނުނީ ފ. އަތޮޅުގެ އުތުރުން އެއް ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ އިދާރާއިން ވަނީ ފެންނަމުންދާ ތަކެތީގެ ފޮޓޯތައް އާންމުކޮށްފަ އެވެ.

ދިޔަވާން ފެށިއިރު ދޯނި އޮތް ކަމަށް ރިޕޯޓުކޮށްފައިވަނީ ވ. ފުއްސަރު ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ދުރުގައި އެވެ.

އެ ދޯންޏަކީ އެހެން ދޯނި ފަހަރުން ފާނަ ގަނެގެން މާލެ ގެންނަ ދޯންޏެކެވެ. މިފަހަރުވެސް ދަތުރު ކުރަމުންދިޔައީ ފ. ފީއަލީ ކައިރިން ފުރައިގެން މާލެއަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް