ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
މައުމޫން މިކަމަށް ގޮވާލައްވާފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން އާއި ގުޅިގެން ކޭސްތައް މަޑުމަޑުން އިތުރުވަމުން ދަނިކޮށް އާ އަހަރު ފާހަގަ ކުރި ފަހުން ކުއްލިއަކަށް ކޯވިޑް ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ދަނޑިވަޅެއްގައި އެވެ. އިއްޔެ މާލެއިން އެކަނިވެސް97 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް ޖެހޭ މީހުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ކުރިއަށް ވުރެ ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން މި ޓުވީޓު އަމާޒު ކުރައްވާފައިވަނީ ސަރުކާރާއި އެޗްޕީއޭއަށެވެ.
https://twitter.com/maumoonagayoom/status/1478281430505455618
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ96،294 އަށް އަރާފަ އެވެ. އޭގެ ތެރެއިން93،410 މީހުން ރަނގަޅުވެފައި ވާއިރު 263 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް