ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވަނީ 227 މީޓަރުގެ އެއްގަމު ތޮށިލުމާއި،...

04 Jan 2022 | 08:43

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވަނީ 227 މީޓަރުގެ އެއްގަމު ތޮށިލުމާއި، 387 މީޓަރުގެ ބޭރުތޮށި ލުމާއި، 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ނިންމާފައެވެ.

މީގެ އިތުރުން، ޖުމްލަ 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ޖެހުމުގެ އިތުރުން، ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ މި މަޝްރޫޢުގެ ދަށުން ނިންމާފައި ކަމުގައި އެ ކުންފުނިން ހާމަ ކުރެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 35.60 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ތަރައްޤީ ކުރުމުގެ 26 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް