މާފަންނު ގެއެއްގައި މީހަކު މަރުވި މައްސަލައިގަ ޝައްކު އުފެދޭ ކަމެއްނެތް!

އިއްޔެރޭ މާފަންނު ގެއެއްގައި މީހަކު މަރުވި މައްސަލައިގަ ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ އެރޭ 9:03 ގައި އެވެ. ރިޕޯޓު ކުރީ މީހަކު ގެއެއްގެ ތެރ...

04 Jan 2022 | 08:08

އިއްޔެރޭ މާފަންނު ގެއެއްގައި މީހަކު މަރުވި މައްސަލައިގަ ޝައްކު އުފެދޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ އެރޭ 9:03 ގައި އެވެ. ރިޕޯޓު ކުރީ މީހަކު ގެއެއްގެ ތެރޭގައި ވެއްޓިއްޖެ ކަމަށް ބުނެ އެވެ.

އެ ހާދިސާގައި މަރުވައިވަނީ ހއ. ހޯރަފުށީ އުމުރުން 44 އަހަރުގެ ހުޝާމް ކިޔާ މީހެކެވެ. ސީނަށް ދިޔަ ފުލުހުންގެ ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުންގެ މީޑިއާއިން ބުނީ ފުލުހުން ދިޔަ އިރުވެސް އެމީހާ އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާގެ މަރާއި ގުޅިގެން ބެލި ބެލުމުން އެކަމުގައި ޖިނާއީ އަމަލެއް ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ އިހުމާލަކުންކަންވެސް ފާހަގަ ނުވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެމީހާގެ މަރާއި މެދު ޝައްކު އުފެއްދީ އާއިލާއިންނެވެ. އާއިލާއިން ބުނީ އެރޭ ހާޝިމް ބޯ ފަޅައިގެން ގޮސްގެން އުޅުނުކަމަށާއި އޭނާ ޑޮކްޓަރަށް ދައްކަން އެކަނި ހޮސްޕިޓަލަށް ދާނެ ކަމަށް އޭނާ ގެންގުޅޭ މަސައްކަތު ބިދޭސީން ކައިރީ ބުނި ކަމަށެވެ.

އެހެން ކަން ދިމާވެފައި ވަނިކޮށް ކުއްލިއަކަށް މަރުގެ ހަބަރު ލިބުމުން ޝައްކު އުފެދޭ ކަންކަން އެބަހުރި ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް